މުރާލި ސަކީނާ (އަންހެނުންގެ ދުވަސް)
ގޮވި ކޮވެއްޔާ ހާލުގެ އަޑަށް
ކަށިކުރެދި ދިއްގާ ވަލުތެރޭން
ފަނޑުއަލިން ދިއްލާލި އުޑަކުން
ފަރު ހިކިވި އިރުވައި މޫސުމުން
ގަސް ވަލުން ދަރު ބޮނޑިނަގާ
ގަސް މަގުން ފުއްޓަރު މަގުން
ހުރެސަކީނާ ގެން އެހެރަދެން
މަޑުމަޑުން ގެން ކުރިލަމުން
ކަށަވިޔަސް ހަރު ގާ ވިޔަސް
ފަށަލައިން ބޯ ހަންވެގެން
ކަތި ހުސޭނުގެ މަރުކާ ވަޅިން
ކަތިވި ޖެހުމެއް ފަހަރެއް މަތިން
ކުރެ ބިމާހަމަ ގަދަ ކުރެދިވެސް
ހުރެ ހޮވާ ބަނދެޔޭ ވަކައިން
އަލިވިލާ ހެނދުނުގެ ކުރިން
ދަރު ފޮޅާލަޔެ އަތް ބޮނޑިން
ދުން އަރަންދެން ނިދިގަޅަން
ބުންޖަހާ ސައި ހިއްޕަވަން
އަންނަ ހަސަނާ، ސަކީނާ
ދަންނަމޭ އެއްވަރު ނުވާކަން

Its nice to see that you are still writing...and I feel like your blog is more updated than mine...how are you??
ReplyDelete