Monday, 9 August 2010

އާދޭސް

ގުޅަމާ ހިނގާށެ އަތު އެންމެން
އަލިވީތި މަގު އަދު އައު ފަހަކަށް

އަންދިރީން ނުކުމެ އަލި ސާހިލަކަށް
ހާޟިރު ވެވޭނެ މަގުފެނުމުން

ކުރަމާހެ ދޫ ތަރިތަކުގެ ވެރިން
ނެރެމާހެ ކުރިޔަށް އިޙްސާނުން

ދެއްވާށެ ފަލިތައް ބަބުރުންނަށް
ހިއްކާށެ ވަތްތައް މެދުނުކަނޑާ

އޮޅިކާށި ޖެހިފައިވާ ކަންވާރު
ފިލުވާ ލަމާހެ އެއްބަހުގައި

ކުރަމާ ހިނގާށެ އެންމެން ދަސް
ދުރުމީގެ މަންޒަރު ދެނެގަންނަން

ފެހި ރީތި ހުދު ހެދި ރަތް ރިޔަލަށް
ވައިލާ ދަމާހެ ފަސްނުބަލާ

No comments:

Post a Comment

About Me

My photo
I call them neither songs nor poems. You may call it whatever you want. They are just words running through my mind.

Followers