އުދުހުނަސް އުސްމިންތަކަށް، ފީނިޔަސް ފުންކަނޑުތަކަށް
ބިމުހަމައިގާ ހުރިއެމަންމާ އަށްވުރެން މައްޗެއްނުވޭ
ހޯދިޔަސްވެސް ސަނަދުތައް، ފަޚުރަކުންގެން ބޮޑުވިޔަސް
އެޅިމަތިން މަންމާގެއުނގު ބިންގަލެއް ކަމުނޫނީނުވޭ
ދަތުރު ކުރިޔަސް ކަންކޮޅުތަކަށް، ދަސްވިޔަސް ގިނަބަސްތަކާ
މާދަރީބަސްގެން އެދަސްކޮށް ފެށުނުދަތުރެއް ކަމުނޫނީނުވޭ
ލިބުނަކަސް ލޯތްބާއި ގަދަރާ، ވުރެމޮޅެއް ނެތުނަސް ތިމާއަށް
ނުކުރިނަމަހީ ގަދަރު އެދުވަހު، އަދުތިމާއަށް ގަދަރެއްނުވޭ
ލިޔުނުމޮޅު އަތުލިޔުމަކަސް، ކުރެހިޔަސް މޮޅުކުރެހުމެއް
އަތުހިފައިގެން ދިންއެލިޔެ މަންމާގެޝަރަ ފެއްކަމަށް ނޫނީނުވޭ
ކިޔެވިޔަސް އާފޮތްތަކުން ދަސްވިޔަސް ގިނަ އިލްމުތައް
ލިޔެކިޔަން ދަސްކުރި ފިލާވޮށި ހަނދުމައިން ފިލުމެއްނުވޭ
ކުރިޔަކަސް ދުނިޔޭގެ ވެރިކަން، ވެވުނަކަސް އުސްތާޒަކަށް
ދަރިއެދޭ މަންޒިލްގެ ތަޅުދަނޑި، މަންމާ އަތުން ނޫނީނުވޭ

Its beautiful....Ur really talented...:D
ReplyDeleteAwsome...very touching
ReplyDelete